ރޮހިންގާ މުސްލިމުންނަށް ކުރަމުންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް އެއްވުމެއް ބާއްވަން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ނިންމައިފި އެވެ.

އިދިކޮޅު މައި ޖަގަހަ މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި އެއްވުން އޮންނާނެކަން އިއުލާނު ކުރެއްވީ ޕާޓީތަކުންގެ ލީޑަރުންގެ ފަރާތުން މަންދޫބުންނެވެ.

ޕާޓީތަކުން ނިންމާފައިވަނީ މިމަހުގެ 29 ދުވަހު އެއްވުން ބާއްވާށެވެ. ނަމަވެސް އެއްވުން ބާއްވާނެ ވަކިތަނެއް އިއުލާނުކޮށްފަ އެއް ނުވެ އެވެ.

އެއްވެ އުޅުމުގެ ގާނުނުގައި އެއްވެ އުޅެވޭނެ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކާނިވާ ސަރަހައްދެވެ.

ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.