28 Jul 2011, 12:33
ނ. ޅޮއްސަށް ގޮސް ހުރި ބިދޭސީ އަންހެން ޓީޗަރަކަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ޅޮއްސަށް ވޮލަންޓިއާ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަން ގޮސް ހުރި ބިދޭސީ ޓީޗަރަކު ދިރިއުޅޭ ގެ އަށް މީހަކު ވަދެ އޭނާ އާ ބެހެން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ޅޮހީ މީހެއް ކަމަށެވެ.
ނަމަވެސް އޭނާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދިނެވެ.