ހުޅުމާލޭގައި ރޭ ބިދޭސީއަކަށް ވަޅިއަކުން ބިރުދައްކައި އެމީހާގެ އަތުގައި ހުރި ފައިސާ އާއި ފޯނު ފޭރިގަތް ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ އިރާކޮޅު ހުޅުމާލޭ ޣާޒީ ސްކޫލު ދެކުނުން އޮންނަ މަގުން ހިނގާފައި ދިޔަ ބިދޭސީ އަކަށް ދެ މީހަކު ބިރު ދައްކައި ބިދޭސީ މީހާގެ އަތުގައި ހުރި ފައިސާ އާއި ފޯނު ފޭރިގަނެގެން ފިލަން އުޅެނިކޮށް ހައްޔަރު ކުރީ މ. ސުތުލިމާގެ އިބްރާހިމް އަހްޒަމް 29، އާއި ސ. ފޭދޫ ޗާންދަނީމާގެ މުޙައްމަދު މާހީން އަޙްމަދު، 22، ކަމަށެވެ.

ފުލުހުން ބުނީ އެވަގުތު އެ ސަރަހައްދު ޕެޓްރޯލު ކުރަމުން ދިޔަ ފުލުހުންނަށް އެ ދެމީހުން ފެނުމުން އެމީހުން ފޭރިގަތް ފައިސާ އާއި ފޯނާއި ބިދޭސީ މީހާ އަށް ބިރުދެއްކުމަށް ބޭނުން ކުރި ވަޅި އެއްލާލުމަށް ފަހު ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.