Back
Nov 23, 2025 SUN
SUN

ރޮހިންގާ ރެފިއުޖީންނަށް 15 މިލިއަން ޑޮލަރުގެ އެހީވުމަށް ސައުދީ ރަސްގެފާނު ނިންމަވައިފި

ރޮހިންގާ ރެފިއުޖީންނަށް 15 މިލިއަން ޑޮލަރުގެ އެހީވުމަށް ސައުދީ ރަސްގެފާނު ނިންމަވައިފި
Lead photo

ރިޔާދު (ސެޕްޓެމްބަރު 20): މިޔަންމާ ދޫކޮށް ބަންގުލަދޭޝްއަށްދާ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް 15 މިލިއަން ޑޮލަރު ހަދިޔާ ކުރުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ނިންމަވައިފި އެވެ.

ކިންގް ސަލްމާން ސެންޓާ ފޯ ރިލީފް އެންޑް ހިއުމެނިޓޭރިއަން ވޯކްގެ ސުޕަވައިޒަރު ޑރ. އަބްދުﷲ އަލް ރާބިއާ ވިދާޅުވި ގޮތުގައި އެއެހީ ފޯރުކޮށްދިނުމުގެ ގޮތުން، ބަންގުލަދޭޝްގައި ދިރިއުޅޭ ރޮހިންގާ ރެފިއުޖީންގެ ހާލު ބެލުމަށް އެސެންޓަރުން ހާއްސަ ޓީމެއް ފޮނުވާނެ އެވެ. އަދި އެމީހުންނަށް އެންމެ ބޭނުންވަނީ ކޮންކަހަލަ އެހީއެއްތޯ ބަލައި، އިންސާނީ އެހީ އާއި ބޯހިޔާވަހިކަން ވެސް ފޯރުކޮށްދޭނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

ސަލްމާން ރަސްގެފާނުގެ އަމުރަށް މީގެ ކުރިން ވެސް އެފަދަ އެހީ ފޮނުވާފައިވާ ކަމަށާއި، އިތުރު އެހީ ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އަބްދުﷲ ފާހަގަ ކުރެއްވި އެވެ.

މިދިޔަ މަހުގެ 25ގެ ފަހުން ބަންގުލަދޭޝަށް ދިޔަ ރޮހިންޔާ މުސްލިމުންގެ އަދަދު ވަނީ 370،000 އަށް ވުރެ އިތުރުވެފަ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ތިބެނީ ކޮކްސް ބާޒާރުގައި ހުންނަ، މިހާރު ވެސް ތޮއްޖެހިފައިވާ ވަގުތީ ހިޔާތަކުގަ އެވެ. (ސައުދީގެޒެޓް)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics