28 Jul 2011, 10:36
މާލޭގައި މާދަމާ ހެދުނު ހައެއް ޖަހާ އިރު ފަށުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ހާފްމެރަތަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ މުއްދަތު މިއަދު ހަވީރު 4.00 އަށް ހަމަވާ އިރު، މިއަދުގެ މެންދުރު ކުރިއާ ހަމައަށް 43 ދުވުން ތެރިން ބައިވެރި ވެއްޖެ ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.
ޗެމްޕިއަންޝިޕް އިން އެއް ވަނަ އަށް އަންނަ ފިރިހެން އަދި އަންހެން ބައިވެރިއަކަށް ހުށަހަޅާފައި ވަނީ 15000 ރުފިޔާގެ އިނާމެވެ.
މީގެ އިތުރުން ރޭސް ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް ވެސް 1000 ރުފިޔާގެ ފައިސާގެ އިނާމް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ އަހަރު ބޭއްވި މިމުބާރާތުގެ ފިރިހެނުންގެ ބައިން އެއް ވަނަ ހޯދީ ޝިފާޒް މުޙައްމަދު އެވެ. އަދި އަންހެނުންގެ ކެޓަގަރީން އެއް ވަނަ ހޯދީ މަރްޔަމް އިނާޔާ ފާރޫޤް އެވެ.