ސަރުކާރުގެ އޮފީސްތަކުގެ ރޯދަ މަހުގެ ރަސްމީ ގަޑި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅައި އާންމުކޮށްފި އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދަ އިން މި އަހަރުގެ ވެސް ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:30 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފަ އެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުން އަންނަ ހޮނިހިރު ދުވަހު ހަމަޖައްސާފައިވާ އިރު އިސްލާމީ ކަލަންޑަރުގައިވާ ގޮތުން ނަމަ ރަމަޟާން މަހުގެ އެއް ވަނަ ދުވަހަކީ އޮގަސްޓް މަހުގެ އެކެކެވެ.