Back
Nov 23, 2025 SUN
SUN

ސޭސް: އޮޑިޝާގައި ހަޅުތާލު ކުރާތީ ސަމިޓުގެ ކަންކަން ހުއްޓުމަކަށް!

ސޭސް: އޮޑިޝާގައި ހަޅުތާލު ކުރާތީ ސަމިޓުގެ ކަންކަން ހުއްޓުމަކަށް!
Lead photo

(ބުބަނޭޝްވަރު، އޮޑިޝާ) - އޮޑިޝާގެ ވެރިކަން ކުރާ ޕާޓީ، ބިޖޫ ޖަނާތާ ދަލް (ބީޖޭޑީ) އިސްވެ އޮވެ މުޅި އޮޑިޝާގައި މިއަދު ކުރަމުންދާ ހަޅުތާލުގެ ސަބަބުން ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް)ގެ ހަރަކާތްތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޮޑިޝާގައި މިއަދު ހެނދުނުން ފެށިގެން ފަސް ގަޑިއިރަށް ކުރަމުންދާ ހަޅުތާލަކީ ބައިނަލްއަގްވާމީ ތެލުގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވި ނަމަވެސް، ސަރުކާރުން ޕެޓްރޯލް އަދި ޑީސަލްގެ އަގު ހެޔޮ ކޮށްފައިނުވާތީ ކުރަމުންދާ ހަޅުތާލެކެވެ.

އޮޑިޝާގެ ވެރިރަށް ބުބަނޭޝްވަރުގެ އިތުރުން އޮޑިޝާގެ ހުރިހާ ޑިސްޓްރިކްޓްތަކާއި ސަބް ޑިވިޝަންތަކުގައި ކުރަމުންދާ އެ ހަޅުތާލުގައި ބައެއް ހެޑްކުއާޓާސްތައް ބަންދު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އޭގެ އިތުރުން ހޮޅިއާ ލަޓިބުރި ފަދަ ތަކެތި ހިފައިގެން އާއްމުންގެ ބަޔަކު މަގުމަތީގައި ހަރަކާތްތެރިވެ ވެހިކަލްތައް މަގު ހުރަސްވާ ގޮތަށް ބަހައްޓައިގެން މަގު ބުލޮކް ކޮށްގެން ތިބިތަން ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

އެ ހަޅުތާލުގެ ސަބަބުން މިއަދު ހެނދުނު ބާއްވަން ހަމަޖެހިފައި އޮތް ސޭސްގެ ހަރަކާތްތައް ވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކުރިއިރު، ރާއްޖޭގެ ވަފުދު ތިބޭ ޖިންޖާ ހޮޓަލުން ބޭރަށް ނުކުތުން ވެސް މަނާކުރިއެވެ.

ސޭސްގެ ޕްރޮގްރާމްތައް ފަސްކޮށްފައިވާކަމަށް އިންޓަނޭޝަނަލް ޔޫތް ކޮމެޓީގެ ސެކްރިޓޭރިއެޓް އެޑްމިން ޖަނަޔްތަ ކުމާރު ވެސް ވަނީ ވިދާޅުވެފައެވެ.

ސޭސްގެ ޝެޑިއުލް އޮތްގޮތުން މިއަދު ހެނދުނު ބާއްވަން ހަމަޖެހިފައިވާ ސާކް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުންތަކާއި ސޯޝަލް ފޯރަމްގެ ބައި މިހާރު ދަނީ ކުރިއަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics