27 Jul 2011, 21:23
ރާއްޖޭގެ މިނިވަންދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު މާލޭ ހިތްފަސޭހަ މައިދާނުގައި ބޭއްވެވި މިނިވަން ހަވީރު ގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައިވެރިވެވަޑައިގެންފި އެވެ.
ރައީސް ނަޝީދުގެ ދެކަނބަލުން، މިނިވަން ހަވީރުގައި ބައިވެރިވި ކުޑަކުދިންނާއި ޢާއިލާތަކާ ބައްދަލުކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވި އެވެ. މި މިނިވަން ހަވީރުގައި ވަރަށްގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޢާއިލާތައް ބައިވެރިވި އެވެ.