މައިންބަފައިންނަކީ ކިހާ މުހިއްމު ބައެއް ކަމާއި އަދި އެމީހުންނަށް އަޅާލައި ކެމޭހިތުމަކީ ކިހާ މުހިއްމުކަމެއްކަން މިޔަންމާގެ ރޮހިންގާ ދަރިކޮޅުގެ މުސްލިމު ފިރިހެނަކު މިވަނީ ކިތަންމެ ރަނގަޅަށްވެސް މުޅި ދުނިޔެއަށް ދައްކައިދީފައެވެ.

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި ހުސްފައިގައި އޭނާ ކުރި ހަތް ދަތުރުގައި ބަނގުލަދޭޝަށް ދެވެންދެން އޭނާގެ މަންމައާއި ބައްޕަ އުފުލީ ދެ ބާސްކެޓުގައެވެ.

މި ފޮޓޯއިން ވެސް ރޮހިންގާ މުސްލިމުން ތަހައްމަލު ކުރަމުންދާ ހިތްދަތި ދިރިއުޅުން ވަރަށް ރީއްޗަށް ހާމަވެގެން ދެއެވެ. ގިނަ ރެފިއުޖީން މިޔަންމާ ދޫކޮށް ގޮސްފައިވަނީ އެމީހުން ގެންގުޅުނު ހިފައިގެންގުޅޭ ހުރިހާ އެއްޗެއް ދޫކޮށް ހުސްއަތާއެވެ. ބަނގުލަދޭޝަށް ގިނަ ރޮހިންޔާ މުސްލިމުން އެތެރެވަނީ އެތައް ދުވަހެއް ވަންދެން ޖަންގަލީގެ ތެރެއިން ހިނގުމަށްފަހު މިޔަންމާ އާ ބަނގުލަދޭޝް ގުޅޭ ކޯރު ހުރަސްކޮށްގެނެވެ.

މިފަހުން ހަމަނުޖެހުންތައް ފެށުނުފަހުން ރޮހިންގާގެ ގިނަބަޔަކު ކުދިކުދި ބޯޓުތަކުގައި ނަފް ކޯރު ހުރަސްކުރުމުގެ ތެރޭގައި އެ ބޯޓުތައް ބަންޑުން ޖަހާލައި ގިނަ އަދަދެއްގެ ރޮހިންގާ މުސްލިމުން މަރުވެސް ވެފައިވެއެވެ.

އދ. އިން އަންދާޒާ ކުރާގޮތުގައި ބަނގުލަދޭޝަށް އެތެރެވި ރޮހިންގާ މުސްލިމުންގެ އަދަދު މިހާރު ވަނީ ހަތަރު ލައްކައަށް އަރައިފައެވެ.