އައިޝްވާރިޔާ ރާއީ އަލަށް ކުޅެން ފަށާ ފިލްމު "ފެނީ ޚާން" ގައި އޭނާއާ އެކު ދެން ހަރަކާތްތެރިވާނެ އަނެއް ތަރި އަކީ ރާޖް ކުމާރު ރޯއީ އެވެ.

ރާޖް ބުނީ އެ ފިލުމަކީ ދެމީހުން ވެސް ބޭނުންވެގެން ކުޅޭ ފިލުމެއްކަމަށެވެ.

މިއީ އައިޝްވާރިޔާ އާ އެއްކޮށް ރާޖްކުމާރު މަސައްކަތް ކުރާ ފުރަތަމަ ފަހަރުވެސްމެއެވެ. ފިލުމުގައި އައިޝްވާރިޔާގެ ލޯބިވެރިއެއްގެ ބައި ކުޅޭ ރާޖް ކުމާރު ބުނީ މިއީ ހީވެސް ނުކުރާހާ އުފާވެރި ހަބަރެއްކަމަށެވެ.

"އައިޝްވާރިޔާ އާ އެކީ މަސައްކަތް ކުރުމަކީ އަބަދު ވެސް ބޭނުންވާކަމެއް. އަނެއްކޮޅުން އަނިލް ކަޕޫރާ އެކީ މަސައްކަތްވެސް ކުރެވޭތީ ދެގުނަ އަށް އުފާވޭ. ދެ މީހުން ވެސް އެކަމަށް އިންޓްރަސްޓް ފާޅުކުރިން. ކުރިން ފިލުމަކާ އެކީ ނުފެންނާތީއާ އެކީގަ. ސުބާޝް ޗަންދުރަ ބޯސްގެ ހަޔާތާ ގުޅޭ ފިލްމުގެ މަސައްކަތް ނިމުމާއެކީ މި މަސައްކަތް ފަށާނަން،" އޭނާ ބުންޏެވެ.

ފިލުމުގައި މި ދެތަރިންގެ އިތުރުން ނީލް ކަޕޫރާއި ދިވްޔާ ވެސް މުހިއްމު ރޯލެއް ކުޅޭނެއެވެ. އޯމްޕްރަކާޝް މެހެރާ ޕްރޮޑަކްޝަނުން އުފަައްދާ މި ފިލްމަކީ 2000 ގައި އުފެއްދި "އެވްރިބޮޑީޒް ފޭމަސް"ގެ ރިމޭކް އެކެވެ.

ރާޖް އެންމެ އަވަހަށް ފެނިގެންދާނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ރިލީޒްކުރާ 'ނިއުޓަން' އިންނެވެ.