އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށްޓަކައި މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިއަދު ނޭޝަނަލް އާޓް ގެލަރީގައި "ކޯކް ޓު ހޯމް" އެޕްލިކޭޝަން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު މިލިންދް ޑެރަސާރީ އެވެ. އަދި ބީއެމްއެލް ގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޑިރެކްޓާ އޮފް ބިޒްނަސް ކުލްޑިޕް ޕަލިވާލް އެވެ.

އެ އެއްބަސްވުމަކީ "ކޯކް ޓު ހޯމް" އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކުން އޮންލައިން ކޮށް ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ބީއެމްއެލް އާއެކު ވެވުނު އެއްބަސް ވުމެއް ކަމަށް ކޮކާ ކޯލާ ކުންފުނިން ބުންޏެވެ.

ކޮކާ ކޯލާ ކުންފުނިން މިއަދު ތައާރަފް ކުރި "ކޯކް ޓު ހޯމް" އެޕްލިކޭޝަން ބޭނުންކޮށް ކޮކާކޯލާ ގެ ހުރިހާ އުފެއްދުމެއް މާލޭގެ ކޮންމެ ތަނަކަށްވެސް އޯޑަރު ކުރެއް ވޭނެއެވެ.