ބާޒާރުގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަށް ހޯދަން 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު )އަލިބެ( މިއަދު ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓުގައި ހުރި 175 ގޮޅި ހޯދުމަށް 200 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާތީ ގޮޅި ދޫކުރާނީ ގުރުއަތުލައިގެން ކަމަށާއި މާދަމާ ގުރުއަތު ނެގުން ބާއްވާނެ ކަމަށެވެ.

"ގުރުއަތުލައިގެން ހޮވޭ ފަރާތްތަކަށް އަޅުގަނޑުމެން މާދަން އެތަންތަން ހަވާލުކުރާނަން،" އަލިބެ ވިދާޅުވި އެވެ.

ކުރިންވެސް އޮންނަ ގޮތަށް މިފަހަރު ވެސް ރޯދަ މަހު ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދެނީ ހިލެ އެވެ. އަލިބެ ވިދާޅުވީ ދަރުވެރިންގެ މާރުކޭޓުން ގޮޅިތައް ހިލޭ ދެނީ ވަގުތީ މާރުކޭޓަކަށްވާތީ ކަމަށެވެ.

ކުރީގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ހުންނަ ދަތުރުވެރިންގެ މާރުކޭޓު ވެފައިވަނީ ގިނަ އަދެއްގެ ދިވެހި އުފެއްދުންތައް ހޯދުމަށް ގިނަ ބަޔަކު ރޯދަމަހު ޒިޔާރަތް ކުރާ ބާޒާރަކަށެވެ. މިފަހަރު އަދި ގޮޅިތައް ދޫކޮށްފައި ނުވާތީ އެ ސަރަހައްދު އޮތީ މިވަގުތު ހުހަށެވެ.