15 Sep 2017, 16:41
މީގެ ތިން އަހަރު ކުރިން ޑީޓިއުން ބޭންޑުން ނެރުނު ލަވަ "ނަށާލާ" ވެގެން ދިޔައީ މުޅި މިއުޒިކް އިންޑަސްޓްރީވެސް ގުގުމާލައިގެން ދިޔަ ހިތްގައިމު ފޯރިގަދަ ލަވައަކަށެވެ.
ކުޑައެއް ބޮޑެއް، ޒުވާނެއް މުސްކުޅިއެއް ނެތެވެ. އެ ދުވަސްކޮޅަކީ މުޅި މާލޭގައި ވެސް މި ލަވަ ގުގުމަމުން ދިޔަ ދުވަސްކޮޅެވެ. ކައްކަން ހުރެފައިވެސް އެ ލަވަ ކިޔާލަފާނެއެވެ. "އަތްމަތީ ލަވައަކަށް" މި ލަވަ ވެގެން ދިޔަ އިރު މި ލަވައަކީ މިއަދާ ހަމައަށް ވެސް އެ ލަވައިގެ ފަނޑުކަން ކެނޑިގެން ގޮސްފައިނުވާ ލަވައެވެ. އެކި ޗެނަލްތަކުން މިއަދުވެސް މި ލަވަ ދައްކަމުން ދެއެވެ.
މިހާރު މިއުޅެނީ މުޅިން އާ ވާހަކަ އެއް ދައްކާލާށެވެ. "ނަށާލާ"ގެ ކަވަރ ވީޑިއޯ ލަވަތަކެއް ހެދުމުގެ މުބާރާތެއް ވަނީ ހުޅުވާލައިފައެވެ. މި މަހުގެ 30ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގަ ޑީޓިއުން ބޭންޑަށް އެންމެ ކަމުދާ ދެ ކަވަރ ލަވަ ހޮވުމަށްފަހު އެ ފަންނުވެރި ބޭންޑާއި އެކީ ރިސޯޓުގައި ޕާފޯމް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މިއާއެކު ޑީޓިއުންގެ އަލްބަމްއަކަށް ލަވަކިއުމުގެ ފުރުސަތު ލިބޭނެ އެވެ. ހަމަ ޔަގީނުންވެސް މި ފުރުސަތަކީ ރަނުގެ ފުރުސަތެކެވެ.
ޑީޓިއުން އަކީ ފަސް ޒުވާނުން ހިމެނޭ ގޮތަށް އުފައްދާފައިވާ ބޭންޑެކެވެ. ދެބަސްނުވާނެ އެއް ކަމެއް އެބައޮތެވެ. މި ބޭންޑަކީ މިއަދު ހުރިހާ ޒުވާނުންގެ މެދުގައި މަޝްހޫރު ބޭންޑެކެވެ. ޑީޓިއުންސް އޭ ބުނުމުން ނޭނގޭ އެކަކުވެސް މިއަދު ނުހުންނާނެއެވެ. ގިނަ ބައެއްގެ ފޭވަރިޓް ވެސް މެއެވެ.
އެހެންކަމުން އަވަހަށް "ނަށާލާ"ގެ ވީޑިއޯ ކަވަރ ހަދަން ފަށާށެވެ. ރަނުގެ ފުރުސަތުގެ ބޭނުން ހިފާށެވެ. ޑީޓިއުންސް އާ އެކީ ހުށައެޅުމަށް ރިސޯޓަށް ދިޔުމަށް އަވަހަށް ތައްޔާރުވާށެވެ. ރީތި ގޮތަކަށް ލަވައިގެ ކަވަރ ހަދާލާށެވެ. ޑީޓިއުންސްގެ ބޭންޑް އަންތަރީސްކޮށްލާށެވެ. ފުރުސަތު އޮތީ ތިބޭފުޅުންގެ އަތް މަތީގައެވެ.