15 Sep 2017, 09:50
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާ އަށް ކުރަމުން އައި ދަތުރުތަށް ފުޅާކޮށް، ޗައިނާގެ ހަންގްޖޯއު ސިޓީއަށް ދަތުރުތަށް ފަށައިފިއެވެ.
މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، ހަންގްޖޯއު އަކީ ޗައިނާގެ މުއްސަނދި ސިޓީ ތަކުގެ ތެރެއިން ސިޓީއެއް ކަމަށާއި އަލަށް ދަތުރު ފެށި އެ މަންޒިލުން ރާއްޖޭގެ ފަތުރުވެރިކަމަށް އެދެވިގެންވާ ބޮޑު ބަދަލެއް އަންނާނެކަމަށެވެ.
ރާއްޖޭގެ ގައުމީ އެއާލައިނުން ޗައިނާގެ ހަންގްޖޯއު އަށް ދަތުރުތަށް ފެށައި، މޯލްޑިވިއަނުން ހަންޖޯއު އިން ރާއްޖެ އައި އެންމެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ އައުން: މޯލްޑިވިއަން އިން ދަނީ ޗައިނާގެ ހަތް ސިޓީއަކަށް ތަދުރުތަށް ކުރަމުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ހާރިސް އިތުރަށް ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި ޗައިނާގެ އިތުރު ތިން ސިޓީއަކަށް ދަތުރުތަށް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ދަތުރުތަށް އިތުރުވެ ފަތުރުވެރީން ގިނަވާވަރަށްބަލައި އިތުރު ބޯޓުތަށްވެސް ގެނައުމުގެ މަސައްކަތް ކުރާނެކަމަށް ހާރިސް ވިދާޅުވިއެވެ.
ރާއްޖޭގެ ގައުމީ އެއާލައިނުން ޗައިނާގެ ހަންގްޖޯއު އަށް ދަތުރުތަށް ފެށައި، މޯލްޑިވިއަނުން ހަންޖޯއު އިން ރާއްޖެ އައި އެންމެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ އައުން: މޯލްޑިވިއަން އިން ދަނީ ޗައިނާގެ ހަތް ސިޓީއަކަށް ތަދުރުތަށް ކުރަމުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"މިހާރު މޯލްޑިވިއަނުން އެކަނިވެސް ހަފްތާއަކު 1050 ފަތުރުވެރިން ގެންނަށް. މި ފެށުނު މަންޒިލުގެ ދަތުރުތަކާއެކު 1250 ފަތުރުވެރިން މޯލްޑިވިއަނުން ގެނެވޭނެ. އަހަރަކަށް ބަލައިފިނަމަ އެއީ ވަރަށް ބޮޑު އަދަދެއް،" ހާރިސް ވިދާޅުވިއެވެ.
މޯލްޑިވިއަނުން އަންނަނީ ހަންގްޖޯއުގެ އިތުރުން ޗައިނާގެ ހަ ސިޓީއަކަށް ދަތުރު ކުރަމުންނެވެ.