15 Sep 2017, 08:59
އަންހެނުން ބާރުވެރިކޮށް އެމީހުންގެ ހުނަރު އިތުރުކޮށް، އެއްބަޔަކު އަނެއްބަޔަކާ ގުޅުވައިދީ އަދި ބައިނަލަގްވާމީ ފެންވަރުގައި އަންހެނުން ތަމްސީލުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އިފްތިތާހު ކުރި ވިމެން އިން މެނޭޖްމަންޓް (ވިމް) މޯލްޑިވްސް ގެ މެމްބަޝިޕްކާޑު ރޭ ތައާރަފްކޮށްފިއެވެ.
ހޮޓެލް ޖެންގައި ވިމެން އިން މެނޭޖުމަންޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޖަމްއިއްޔާގެ މެމްބަޝިޕް ކާޑު ތަޢާރަފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްއެވެ.
ރާއްޖޭ ޖަމްއިއްޔާތައް ނުވަތަ ކުންފުނިތަކުގެ އިސްމަގާމުތަކުގައި ތިއްބެވި އަންހެން ބޭފުޅުންނަށްވިމްއާ ގުޅުމުގެ ފުރުސަތުހުޅުވާލާފައިވާ ކަމަށް ވިމް މޯލްޑިވްސް އިން ބުންޏެވެ. އޭގެ އިިތުރުން ވިމް އިން ބާއްވާ އެކިއެކި ކޮންފަރެންސްތަކުގައި އާންމުންނަށް ބައިވެރިވުމުގެ ފުރަސަތު ވެސް އޮންނާނެ ކަމަށް ވިމް މޯލްޑިވެސް އިން ބުންޏެވެ.
ވިމްއާ ގުޅިފައިވާ އެކިއެކި ފަރާތްތައް ކަމަށްވާ ޗެސްޕް ރިޒާވް ރެޓްރޯ، ބްރޭކް ވޯޓާ، ޓާމިނަލް ކެފޭ، އަކޯޔާ ފިޔުޝަން، ބޭކާސް ޗޮއިސް، ކޮމްޕިއުޓާ ޕްލަސް ދެއިން ހައުޒް، ޑްރީމް ސެލޫން އެންޑް ސްޕާ،ހެޕީ މާކެޓް، ދަ ލޯޏްޑަރީޒް އަދި ޖަންކީސް ޑައިވް ސެންޓަރުން ކުރާ ވިޔަފާރިތަކުން 35 ޕަސެންޓާ ހަމައަށް ވިމްގެ މެމްބަރުންނަށްލިބޭނެ ކަމަށް ވިމް މޯލްޑިވްސް އިން ބުންޏެވެ.