19 May 2010, 14:38
19:00
13 އަހަރުގެ އަންހެން ކުއްޖަކާ ބަދުއަޚްލާގީ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި ސ. ހިތަދޫގައި އުމުރުން 54 އަހަރުގެ މީހެއް ހައްޔަރުކޮށްފި އެވެ.
އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް އެ ކުއްޖާގެ އާއިލާއިން އިއްޔެ ހުށަހެޅުމުން، އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކީ އެ ކުއްޖާ ދިރިއުޅޭ ގެއަށް ގޮސް ހަދާ މީހެއް ކަމަށެވެ. އަދި އެއީ ކުޑަކުއްޖަކާ ގުޅުން ހުރި މައްސަލައަކަށް ވާތީ އެ މައްސަލަ ބަލަމުން އަންނަނީ ހިތަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އިތުރު ތަފްސީލެއް ނުދިން ނަމަވެސް އެ ސެންޓަރުން ބުނީ އެ ފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.