ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން ބަލަމުން އަންނަ ޗެންޕިއަންސްލީގު ފުޓްބޯޅަ މިހާރު ދިރާގުޓީވީ މެދުވެރިކޮށް ލައިވްކޮށް ބަލައިލެވޭނޭ ކަމަށް ދިރާގުން ބުނެފި އެވެ.

ގޭގެ ސިޓީންރޫމްގަޔާއި މޯބައިލް ޑިވައިސްތައް ބޭނުންކޮށް ދިރާގު ޓީވީއިން މެޗުތައް އެޗުޑީކޮށް ބެލޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިރޭ 11:45ގައި ދިރާގު ޓީވީ މެދުވެރިކޮށް ސޮނީ ސްޕޯޓްސް އިން ޗެންޕިއަންސް ލީގުގެ މެޗު ވަގުތުން ގެނެސްދޭނެ ކަމަށެވެ.

ދިރާގުން ބުނީ، ދިރާގު ޓީވީ ބޭނުން ކުރާ ފަރާތްތަކަށް އެކަށީގެންވާ ފެންވަރެއްގައި ޕްރޮގްރާމްތަކާއި ޗެނަލްތައް ގެނެސް ދިނުމުގެ ގޮތުން އިތުރު ޗެނަލްތައް ދިރާގު ޓީވީއަށް އިތުރުރު ކުރަމުން ދާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ދިރާގު ޓީވީ އިން މިހާރު 80 އަށް ވުރެ ގިނަ ޗެނަލް ދަނީ ގެނެސްދެމުންނެވެ.