ފަންސާސް މީހުންގެ ޖާގައަކާ އެކު ޕިއްޒާ ބޯނާގެ އާ އައުޓްލެޓެއް ރޭ ހުޅުވައިފި އެވެ.

ރުވާމަގުގައި ރޭ ހުޅުވި އައުޓްލެޓް ހުޅުވައި ދެއްވީ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު މިލިންދް ޑެރަސާރީ އެވެ.

އެ ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕިއްޒާ ބޯނާގެ ޝެއާހޯލްޑާ ހުސެން ހާލީ ވިދާޅުވީ، ޕިއްޒާ އަށް ލޯބި ކުރާފަރާތްތަކަށް ހާއްސަކޮށް ހުޅުވި އައު އައުޓްލެޓަކީ އާއިލާއާ އެކު އައިސް ވަގުތު ހޭދަކޮށްލަން ކަމުދާނެ ފަދަ ގޮތަކަށް ހަދާފައިވާ އައުޓްލެޓެއް ކަމަށެވެ.

"މި އައު އައުޓްލެޓަކީ ގިނަ ބަޔަކު އައިސް އެއްފަހަރާ ކާލެވޭވަރުގެ ބޮޑު ޖާގައިގެ ތަނަކަށްވުމުން ޕާޓީތަކަށާއި ފަންކްޝަންތަކަށް އައުޓްލެޓް ދޫކުރަން ވެސް ވަނީ ނިންމާފައި" ހުސެން ހާލީ ވިދާޅުވި އެވެ.

ހާލީ އިތުރަށް ވިދާޅުވީ ހުޅުމާލޭގައި ވެސް ޕިއްޒާ ބޯނާގެ އައުޓްލެޓެއް ހުޅުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ރޭ ހުޅުވި އައު އައުޓްލެޓް ހުޅުވުމާ ގުޅިގެން ކަސްޓަމަރުންނަށް ހާއްސަ ކަމެއް އައުޓްލެޓްގައި ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭ ޕިއްޒާ ބޯނާއިން ހުޅުވި އައުޓް ލެޓަކީ އެ ފަރާތުން މާލޭގައި ހުޅުވި ދެވަނަ އައުޓްލެޓެވެ. މީގެ ދުވަސްކޮޅެއް ކުރިން 20 މީހުންގެ ޖާގައިގެ އައުޓްލެޓެއް ވެސް ޕިއްޒާ ބޯނާއިން ވަނީ ހުޅުވައިފަ އެވެ.