13 Sep 2017, 09:36
"ހީރޯ" ފިލުމު ކާމިޔާބުވީ "ސަލްމާނު އަހަރެންނަށް ކުރި އިތުބާރުން" ކަމަށް ފިލުގެ ލީޑް އެކްޓްރެސް އާތިޔާ ޝެޓީ ބުނެފިއެވެ.
ސޫރަޖް ޕަންޗޯލީ އާއި އާތިޔާ ޝެޓީ ބޮލީވުޑަށް ފުރަތަމަ ފެނިގެންދާ ފިލްމު، "ހީރޯ"ގެ މަސައްކަތަކީ ވަރަށް ވެސް ފުރިހަމަ މަސައްކަތެކެވެ. އާތިޔާ ބުނީ ފިލުމުގެ ސްކްރިޕްޓް ކިޔާލުމުންވެސް ފިލުމުގެ މަސައްކަތް ވަރަށް ކުރާ ހިތްވި ކަމަށާ ހުރިހާ 'ކްރެޓިޑްސް' އެއްގެ ހައްގު ފަރާތަކީ ސަލްމާން ހާން ކަމަށެވެ.
"ސަލްމާނަކީ އެންމެ މަޝްހޫރު އެންމެ ކުޅަދާނަ ބަޠަލު. ބޮލީވުޑްގެ އެންމެ ކާމިޔާބު ފަންނާނުވެސްމެ. ހީރޯ ފިލުމު މިހާ ފުރިހަމަ ވީވެސް ހަމަ ސަލްމާނުގެ ސަބަބުން. ރަގަޅު އެކްޓެއްވެސް ފިލުމުގައި ދެއްކުނީ ސަލްމާނުގެ އެއްބާރުލުމާ އޭނާ އަހަރެންނަށް އިތުބާރު ކުރާ ވަރުން،" އޭނާ ބުންނެވެ.
ފިލްމު "ހީރޯ" އަކީ 1983 ވަނަ އަހަރު ސުބާޝް ގާއީ އުފެއްދި "ހީރޯ"ގެ ރީމޭކް އެކެވެ. އަދި މިއީ ސަލްމާން ހާން ފިލުމުގެ ދަށުން ސަލްމާނާއި ސުބާޝް ގާއީ ގުޅިގެން ޕްރޮޑިއުސް ކުރާ ފިލުމެކެވެ.
އެކްޓު ކުރުމުގެ ހުނަރުގެ އިތުރުން ލަވައިގެ ދުނިޔޭގައި ވެސް ސަލްމާނަކީ މިހާރު ވަރުގަދަ އަޑެއްކަން އޭނާ ވަނީ ފިލުމުގަ ސާބިތިކޮށްދީފައެވެ. ފިލުމުގެ ލަވަ "މައި ހޫން ހީރޯ ތެރާ" ކިޔާފައިވަނީ ސަލްމާނުގެ އަޑުންނެވެ. ފިލުމުން މިލަވަ ގިނަ ބަޔަކަށް ކަމުދިޔަ އިރު ފިލުމު ވަނީ ބޮލީވުޑްގައި ގުގުމާލާފައެވެ.