27 Jul 2011, 12:49
ސަން ފްރަންޓް ލިވިންގްގެ ނަމުގައި ފަރްނީޗަ ފިހާރައެއް ރޭގައި މާލޭގައި ހުޅުވައިފި އެވެ.
ސަން ފްރަންޓް ޕްރައިވެޓް ލިމިޓެޑްގެ "ސަން ފްރަންޓް ލިވިން" ގެނަމުގައި ހުޅުވި ފިހާރައާބެހޭ ގޮތުން އެކުންފުނީގެ ޑިރެކްޓާ އޮފް މާކެޓިން މުހައްމަދު ނައުޝާދު ވިދާޅުވީ މަޖީދީ މަގުގައި އަލަށް ހުޅުވި ފިހާރައިން ހުރިހާ ވައްތަރެއްގެ ފަރްނީޗަރެއް ވެސް ލިބެން ހުންނާނެ ކަމަށެވެ. އާނާ އަދި ވިދާޅުވީ ފަރުނީޗަރު ވިއްކާ އެހެން ފިހާރަތަކަށް ވުރެން އަގުހެޔޮ ވެފައި ހުރިހާ ފަރްނީޗަރެއްގެ ކޮލިޓީ ވެސް ވަރަށް ރަނގަޅުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ބޮޑު ފިހާރައެއް ހުޅުވީ އާންމުން ބޭނުންވާ ހުރިހާ ވައްތަރަކާއި ހުރިހާ ފެންވަރެއްގެ ފަރްނީޗަރެއް އެއް ފުރާޅެއްގެ ދޮށުން އަގުހެޔޮކޮށް ފޯރުކޮށް ދިނުމަށް ކަމަށާއި ވަކި ބްރޭންޑަކަށް އަދި ވަކި ވައްތަރެއް ފަރްނީޗަރު ތަކަކަށް ނުދޭނެ ކަމަށެވެ.
ރޭ ބޭއްވި ހަފުލާއެއްގައި ސަންފްރޮންޓްހެ އާ ފިހާރަ ހުޅުވި އިރު ހައުސް ހޯލްޑިން ފާރްނިޗާ އިން ފެށިގެން ގޮސް އޮފީސް ފަރުނީޗަރު ވެސް ބަހައްޓާފައި ވެއެވެ.
ސަން ފްރަންޓް ލިވިންގް ހުޅުވުމަށް ފަހު ކުޑަކުދިންނަށް ހާއްސަ ކޮށްގެން ކުރެހުމުގެ މުބާރާތެއް ވެސް ވަނީ އިއުލާންކޮށްފަ އެވެ. ސަންފްރޮންޓުން ބުނީ 60,000 ރ. އިނާމް ކަނޑައަޅާފައިވާ ކުރެހުމުގެ މުބާރާތް ހާއްސަ ކޮށްފައި ވަނީ ހަތް އަހަރާ 12 އަހަރުގެ ކުދިންނަށް ކަމަށެވެ.
ސަން ފްރަންޓް ފްރަންޓް ޕްރަވެޓް ލިމިޓެޑް ކުޑައިގެ ދަށުގައި ސަން ފްރަންޓް މެރިން އާއި ސަން ފްރަންޓް ލައިޓިން، ސަން ފްރަންޓް ލިވިންގް، ސަން ފްރަންޓް ބައިކްސް، އަދި ސަން ފްރަންޓް ބިލްޑާސް ހިނގަ އެވެ.