27 Jul 2011, 11:52
އަންނަ އަހަރުވެސް ދިވެހި ލީގަށް ކޮލިފައިވެފައިވާ ވިޔަންސާ އާއި އޭވައިލްއެލް، ރެލިގޭޝަންގައި އިއްޔެ ކުޅުނު މެޗުގައި އޭވައިލްއެލް އިން ވިޔަންސާ ކޮޅަށް ހަ ލަނޑު ޖަހައިފި އެވެ.
ވިޔެންސާއާ ދެކޮޅަށް ކުޅެ އިއްޔެގެ މެޗް އޭވައެލްއިން ކާމިޔާބު ކުރިއިރު، އޭވައިއެލްގެ އަލީ ޒުބައިރާއި މުހައްމަދު ސުހައިލް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހާފަ އެވެ. އަދި އަނެއް ދެ ގޯލް އޭވައިއެލްއަށް ކާމިޔަބު ކޮށްދިނީ އަބްދުލް މުހައިމިނާއި ހަސަން ފައިރޫޒެވެ.
އޭވައިއެލް އާއި ވިޔެންސާ އަކީ މިއަހަރުގެ ފުރަތަމަ ޑިވިޝަންގައި ވެސް ވާދަކުރި ދެ ޓީމެވެ.
އޭވައިއެލްއާ ވިޔަންސާގެ އިތުރުން ދެން ރެލިގޭޝަންގައި ވާދަކުރި އަނެއް ދެ ޓީމަކީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ހުއްރިއްޔާ އާއި ހަމަ އެމުބާރާތުގެ ރަނަރަޕް ޔުނައިޓެޑް ވިކްޓަރީ އެވެ.
ކުޅުނު ތިން މެޗުން ވެސް ބަލިވެ ކޮލިފައިންގެ ފުލަށް ހުރާ ދިޔައިރު، އެއް މެޗުން މޮޅުވެ ޔުނައިޓެޑް ވިކްޓަރީ ދިޔައީ ތިން ވަނަ އަށެވެ. ފުރަތަމަ ޑިވިޝަނުގެ ކުރީގެ ގަދަބާރު ހުރާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން ފާއިތުވި ހަތަރު އަހަރު ވެސް އެ ކްލަބުން ފުރަތަމަ ޑިވިޝަނަށް އަރަން މަސައްކަތްކުރި އެވެ. މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައިނުވާ ޔުނައިޓެޑް ވިކްޓަރީ އަކީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެކެވެ.