12 Sep 2017, 21:08
ދުނިޔޭގެ މާކެޓަށް ރާއްޖޭގެ ރީތިކަން އިޝްތިހާރު ކުރުމަށްޓަކައި "ސްޓޯރީ އޮފް މޯލްޑިވްސް" ގެ ނަމުގައި ވީޑިއޯ ހެދުމުގެ މުބާރާތެއް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.
މިއަދު ހޮޓެލް ޖެންގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ އެ މުބާރާތަކީ އޮންލައިން އަދި ޑިޖިޓަލް މީޑިއާ ބޭނުންކޮށްގެން ރާއްޖެ އިސްތިހާރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބާއްވާ މުބާރާތެއް ކަމަށެވެ.
ފޭސްބުކް އަކީ މިހާރު ދުނިޔޭގައި އެންމެ ގިނަ އެކްޓިވް ޔޫޒާސް ތިބި ސޯޝަލް މީޑިއާއަށް ވަތީ އެ މުބާރާތް ބާއްވަނީ ފޭސްބުކު މެދުވެރިކޮށެވެ.
"ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމް މެދުވެރިކޮށް މި މުބާރަތް ކުރިއަށް ގެންދިއުމުން އަޅުގަނޑު ގަބޫލުކުރަނީ ރާއްޖެއަށް އެކަށީގެންވާ ކުރިއެރުމެއް އަންނާނެކަމަށް އަދި ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެންދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ހާރިސް ވިދާޅުވިއެވެ.
ރާއްޖޭގެ ރީތިކަން އިޝްތިހާރު ކުރުމަށްޓަކައި ވީޑިއޯ ހެދުމުގެ މުބާރާތް ފެށުމަށް ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އެ މުބާރާތުގެ ސަބަބުން ރާއްޖެއާއި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތަޖުރިބާ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި އިސްތިހާރު ކުރެވިގެންދާނެ ކަމަށް ހާރިސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މުބާރާތުގައި ރާއްޖެ އަދި ރާއްޖޭން ބޭރުގެެ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރާއްޖޭގެ ރީތިކަން އިޝްތިހާރު ކުރުމަށްޓަކައި ވީޑިއޯ ހެދުމުގެ މުބާރާތް ފެށުމަށް ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓީ/ މުހައްމަދު އަފްރާހު ހާރިސް ވިދާޅުވީ އެއްމަސްދުވަހުގެ މުއްދަތަށްް ކުރިއަށްގެންދާ އެ މުބާރާތުގައި ބައިވެރިކުރެވޭނީ އެއް މިނެޓުގެ ވީޑިއޯ ކަމަށާއި ވީޑިއޯތައް އެމްއެމްޕީއާރުސީގެ ވެބްސައިޓު މެދުވެރިކޮށް އަޕްލޯޑު ކުރެވޭނެ ކަމަށެވެ. އެއަށްފަހު ވީޑިއޯތައް ފޭސްބުކަށް އަޕްލޯޑުކޮށް ވޯޓު ދިނުމަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްލަ ގޮތެއްގައި އުފެއްދުންތެރިކަމާއި އަމިއްލަ ވަންތަ ކަމާއި މާކެޓު ކުރުމުގެ ފެންވަރަށް ބަލައި ރާއްޖޭގެ އެ ފަންނުގައި ތަޖުރިބާކާރު ފަނޑިޔާރުންގެ ޕެނަލަކުން ވީޑިއޯތައް އިންސާފު ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ރީތިކަން އިޝްތިހާރު ކުރުމަށްޓަކައި ވީޑިއޯ ހެދުމުގެ މުބާރާތް ފެށުމަށް ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓީ/ މުހައްމަދު އަފްރާހު
ްއެ މުބާރާތުގައި އެއްވަނަ އަށް ދާ ފަރާތަކަށް 6،500 ޑޮލަރު ލިބޭނެ އެވެ. އެއްވަނަ ލިބޭ ފަރާތެއް އިއުލާން ކުރާނީ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މުބާރާތުގެ މެއިން ސްޕޮންސާއަކީ ސިކްސް ސެންސަސް އެވެ.