12 Sep 2017, 14:55
އިންޑިއާ އަދި ލަންކާ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ކަނޑައިލައިފައިވާ ކަމަށް ބުނާ ބުނުން އާސަންދައިން ދޮގުކޮށްފި އެވެ.
'ސަން' އަށް މައުލޫމާތު ދެއްވަމުން އާސައިންދައިގެ މެނޭޖިންގް ޑިރެކްޓަރު ހަސަން އަލީ މިއަދު ވިދާޅުވީ އާސަންދައިގެ ހިދުމަތުގެ ދަށުން ލަންކާ އަދި އިންޑިއާ ހޮސްޕިޓަލްތަކުގައި މިހާރު ވެސް ބަލިމީހުން ފަރުވާ ހޯދަމުންދާ ކަމަށެވެ.
މިއަދު ބައެއް މީހުން ކޮށްފައިވާ ޓުވީޓްތަކުގައި ބުނެފައި ވަނީ އިންޑިއާ އާއި ލަންކާގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ކަނޑާލާފައިވާ ކަމަށެވެ.
ނަމަވެސް އާސަންދައިން ބުނީ އެ ދެ ގައުމުގައި ވެސް ކުރިން އާސަންދައިގެ ހިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކުގައި މިހާރު ވެސް އާސަންދައިގެ ހިދުމަތް ކުރިއަށްދާ ކަމަށާއި އާސަންދަ ނުލިބޭ ވާހަކަ އަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
"މިއަދުވެސް މާދަމާ ވެސް މި ދެ ގައުމަށް އާސަންދައިގެ ދަށުން ބޭސް ފަރުވާ ހޯދުމަށް މީހުން އެބަ ފުރާ. މިހާރު ވެސް ދެ ގައުމުތަކުގެ ހޮސްޕިޓަލްތަކުގައި ޕޭޝަންޓުން އެބަ ތިބި. އެމީހުންގެ ފަރުވާތައް ވެސް ދަތިކަމެއް ނެތި އެބަ ލިބެމުންދޭ." އޭނާ ވިދާޅުވި އެވެ.
ަސަރުކާރުން ހިލޭ ބޭސް ފަރުވާ ކޮށްދިނުމުގެ ގޮތުން ގާއިމްކޮށްފައިވާ އާސަންދަ ނިޒާމްގެ ދަށުން ހިދުމަތް ދިނުމަށް ރާއްޖެ އިން ބޭރުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކުން މިހާރު ލިބެމުންދާނެ ކަމަށް އާސަދަންއިން ބުންޏެވެ.
ހުސްނުވާ އާސަންދަ އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް 100 ދުވަސް ފުރުމުގެ ގޮތުން އިފްތިތާހުކޮށްފައިވާ ހިދުމަތެކެވެ. ނަމަވެސް އާސަންދައިގެ ހިދުމަތް ފެއްޓީ އޭގެ ކުރިންނެވެ.