12 Sep 2017, 12:20
އެމްޕީއެލްގެ ބަނދަރު ސަރަހައްދުގައި އެއްޗެއް ގޮވައި ތިން މީހަކަށް އަނިޔާ ވެއްޖެ އެވެ.
މީގެ ގަޑިއެއްހާއިރު ކުރިން ވެލްޑިން ކުރާ ސަރަހައްދުގައި ތެޔޮ ފީފާއެއް ގޮވައިގެން އަނިޔާ ވެފައި ވަނީ އެމްޕީއެލްގެ ތިން މުވައްޒަފަކަށެވެ.

އެމްޕީއެލްގެ ވޯކްޝޮޕެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި ތިން މީހަކު ވަނީ ޒަޚަމްވެފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް
އެ ތިން މުވައްޒަފުންނަށް ަިއައިޖީއެމްގައި ފަރުވާ ދެމުން ގެންދާއިރު އެއްވެސް މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް އެމްޕީއެލްގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.