12 Sep 2017, 08:55
އަކްޝޭގެ އެންމެ ފަހުން ރިލީޒްކުރި "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" ބޮޑު ކާމިޔާބެއް ހޯދައި އޭނާގެ ކެރިއަރުގެ ވެސް އެންމެ ކާމިޔާބު ފިލްމަށް ވަނީ ވެއްޖެއެވެ.
ކުރިން މި ރެކޯޑް އޮތީ 2012 ގައި ނުކުތް، އަކްޝޭގެ ބްލޮކްބަސްޓާ ފިލްމު "ރައުޑީ ރާތޯރް" އަށެވެ. މިހާރު "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އަށް ވަނީ 133.60 ކްރޯޑު ރުޕީސް (13.6 ބިލިއަން ރުޕީސް) ގެ އާމްދަނީ އެއް ލިބިފައެވެ.
މިދިޔަ ހޮނިހިރު ދުވަހަކީ އަކްޝޭގެ 50 ވަނަ އުފަންދުވަސްވެސް މެއެވެ.
"މިއީ އުފަންދުވަހުގެ ހަދިޔާއަކަށް ލިބުނު އެންމެ ރަގަޅު ފުރިހަމަ ހަދިޔާ،" އޭނާ ބުންޏެވެ.
'ޓޮއިލެޓް' އަކީ އިންޑިއާގެ ފަގީރު ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމެކެވެ. 'ޓޮއިލެޓް' އިން ފުރަތަމަ ދުވަހު އެކަނިވެސް 13 ކުރޯޑު ހޯދި އިރު އެ ފިލްމު އުފައްދާފައި ވަނީ 18 ކުރޯޑުގެ ބަޖެޓަކުންނެވެ.
ޝްރީ ނާރާޔަން ސިންގް ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުގައި އަކްޝޭ އާއެކު ލީޑު ރޯލުން ފެނިގެން ދާނީ ބޫމީ ޕެދްނޭކަރު އެވެ.