11 Sep 2017, 22:29
އިލެކްޓްރޯނިކް ކެރޭނެއް ބޭނުންކޮށްގެން ބޮޑެތި ބޯޓުފަހަރު އެހެލުމަށް ބޭނުންކުރާ ރާއްޖޭގެ އެންމެ ބޮޑު ބޯޓް ހޮއިސްޓާއެކު އެމްޓީސީސީގެ ބޯޓްޔާޑް ކ. ތިލަފުށީގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ބޯޓްޔާޑު ރަސްމީކޮށް ހުޅުވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.
ވެލްޑިން ކުރުން، އިލެކްޓޯނިކް އަދި އިލެކްޓްރިކަލް އިންޖިނިއަރިން، ފައިބަރު ކުރުން، އޮޑިދޯނިފަހަރު ބަނުން އަދި ލަކުޑީގެ މަސައްކަތް އެމްޓީސީސީގެ ބޯޓުޔާޑުގައި ކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ، މިއަދު ހުޅުވިގެންދިޔަ ބޯޓްޔާޑަކީ ރާއްޖޭގައި މި މަސައްކަތްކުރާ އެންމެ ބޮޑު އެންމެ ފެންވަރު ރަނގަޅު ބޯޓުޔާޑަށް ވެގެންދާނެ ކަމަށެވެ.
11 ސެޕްޓެމްބަރ 2017: ރާއްޖޭގައި މިހާރު ބޭނުންކުރާ އެންމެބޮޑު ބޯޓު ހޮއިސްޓާއެކު އެމްޓީސިސީގެ ބޯޓު ޔާޑު ރަސްމީކޮން ހުޅުވުން: މިއަދު ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ބޯޓްޔާޑު ރަސްމީކޮށް ހުޅުވާދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެމްޓީސީސީއަކީ ޓްރާންސްޕޯޓް ނެޓްވާކުގައި ވަރަށް ގިނަ އުޅަނދުތަކެއް ގެންގުޅޭ ކުންފުންޏަކަށްވުމުން އެ އުޅަނދުފަހަރަށް ހިދުމަތް ދިނުން މުހިއްމުކަމަކަށްވާތީ ގިނަ ފަހަރަށް އާމްދަނީ ހޯދުމަށް އިސްކަން ނުދެވޭކަމަށް ޒިޔަތު ވިދާޅުވިއެވެ. ނަމަވެސް މި އަހަރުތެރޭގައި ވެސް ބޯޓްޔާޑްގެ އާމްދަނީ 40 މިލިއަނަށް އަރާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.
"އިރާދުކުރެއްވިއްޔާ ރެވެނިއު ޖެނެރޭޓް އެކްސްޓާނަލް ޕްރޮޖެކްޓްތަކަށް ދިއުން. މި ބޯޓް ހޮއިސްޓް އައުމުން ވަރަށް ފަސޭހަވާނެ އެކަމަށް ޓާގެޓް ކުރަން. އިތުރުންް ވިޔަފާރިއެއް ފުޅާވެގެން އަސްލު ހަގީގަތުގައި މި ދިޔައީ،" ޒިޔަތު ވިދާޅުވި އެވެ.
11 ސެޕްޓެމްބަރ 2017: ރާއްޖޭގައި މިހާރު ބޭނުންކުރާ އެންމެބޮޑު ބޯޓު ހޮއިސްޓާއެކު އެމްޓީސިސީގެ ބޯޓު ޔާޑު ރަސްމީކޮން ހުޅުވުން: މިއަދު ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ބޯޓްޔާޑު ރަސްމީކޮށް ހުޅުވާދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޒިޔަތު ވިދާޅުވީ މި ހުޅުވިގެންދިޔަ ބޯޑުޔާޑުގެ ސަބަބުން އެމްޓީސީސީން ކުރިން ގަންނަމުން އައި ބާޖް ފަތަ ތަކެތި ގަންނަން ނުޖެހި އެ ބޯޓް ޔާޑުން އުފެއްދޭނެ ކަމަށެވެ. އަދި ބާޖުވަފަ ތަކެތި ބޭނުންވާ އެހެން ކުންފުނިތަކަށް ވެސް އެ އެއްޗިސް އުފައްދާ ފޯރުކޮށްދެވިގެންދާނެ ތަނަވަސްކަން އެމްޓީސީސީގެ ބޯޓު ޔާޑުގައި ހުރި ކަމަށެވެ.
ކުރިޔަށް އޮތްތާގައި ބޯޑްޔާޑުގެ ނުނިމި ހުރި މަސައްކަތްތަށް އެއްކޮށް ފުރިހަމަ ވުމުން ވާދަވެރި މާކެޓެއްގައި އެމްޓީސީސީއަށް ވާދަކުރެވޭނެ ކަމަށް ޒިޔަތު ވިދާޅުވިއެވެ.
11 ސެޕްޓެމްބަރ 2017: ރާއްޖޭގައި މިހާރު ބޭނުންކުރާ އެންމެބޮޑު ބޯޓު ހޮއިސްޓާއެކު އެމްޓީސިސީގެ ބޯޓު ޔާޑު ރަސްމީކޮން ހުޅުވުން: މިއަދު ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ބޯޓްޔާޑު ރަސްމީކޮށް ހުޅުވާދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިއަދު އެ ރަސްމިއްޔާތުގައި އަލަށް އިފްތިތާހް ކުރެވުނު ބޯޓް ހޮއިސްޓުގެ އެހީގައި އެމްޓީސީސީގެ ބޯޓް ޔާޑުގައި އުފެއްދި ދެވަަނަ ބާޖްވަނީ މޫދަށް ތިރިކޮށްފައެވެ. 200 ޓަނު އުފުލޭ މި ބޯޓް ހޮއިސްޓަކީީ މިހާރު ރާއްޖޭގައި ބޭނުން ކުރެވޭ އެންމެ ބޮޑު ބޯޓް ހޮއިސްޓެވެ.