ސަރުކާރުގެ އަމާޒަކީ 2020 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެއިން ޓީބީ ނައްތާލުން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޕެރެޑައިސް އައިލޭންޑް ރިސޯޓުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ 2020 ވަނަ އަހަރު ވާއިރަށް ޓީބީ ނައްތާލުމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި ހުރިހާ ރައްޔިތުންގެ އެއްބާރުލުން މިކަމަށް ބޭނުންވާނެ ކަމަށެވެ.

"2020 ވަނަ އަހަރަށް ޓީބީ ނައްތާލެވިގެން ދާނެ. ކާމިޔާބުތަކުގެ ހައްގު ވެރިންނަކީ ހަމަ ރައްޔިތުން. ޑަބްލިއެޗްއޯގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު އިފްތިތާހު ކުރި ކެމްޕެއިން "25 އަށް 25" ހިންގުމުގެެ ފުރިހަމަ އެއްބާރުލުން ޑަބްލިއުއެޗްއޯގެ ފަރާތުން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކަންތައް ހުއްޓުމަށް އަމިއްލަ ޒިންމާ އަދާ ކުރަން ޖެހޭ ކަމަށާއި ދަރީންނަށް ވެސް އެކަމާ ބެހޭ މައުލޫމާތު ދީ ކުދިން ހޭލުންތެރިކޮށް ބެހެއްޓުމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ހަފްލާގައި ވަނީ ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ ނުކުރާ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފަ އެވެ.