ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ހިންގާ ޙާއްސަ ހަރަކާތުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބައިވެރިވެ، އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ދިނުމަށް ނިންމައިފި އެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ހަދިޔާ ކުރާ ފައިސާގެ މިންވަރު އެ ކުންފުންނިން ހާމައެއް ނުކުރެ އެވެ.

އެމްއާރްޑީސީގެ އެކްޓިންގް މެނޭޖިންގް ޑައިރެކްޓަރު އަޙުމަދު މަމްދޫޙް ވިދާޅުވީ، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ މި ދަނޑިވަޅުގައި ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ ކަމަށެވެ.