10 Sep 2017, 21:04
ހެލްތް މިނިސްޓްރީ އާއިި ޗައިނާގެ ނެޝަނަލް ހެލްތް އެންޑް ފެމިލީ ޕެްލޭނިންގް ގުޅިގެން ލޮލުގެ ފުސް ކެހުމަށް ހާއްސަ ކޭމްޕެއް ލ އަތޮޅު ރީޖަނަލް ހޮސްޕިޓަލާއި ހުޅުމާލޭގައި ފަށައިފި އެވެ.
އިއްޔެއިން ފެށިގެން މިމަހުގެ އަށަވަނަ ދުވަހާ ހަމައަށް ކުރިއަށް ދާ އެ ކޭމްޕަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ކޭމްޕެއް ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.
"ބްރައިޓް ޖާނީ އައި ކޭމްޕް" ގެ ނަމުގައި ކުރިއަށްދާ އެ ކޭޕްމްގައި ޗައިނާގެ ލޮލުގެ ހާއްސަ ޑޮކްޓަރުން ގަމު ރީޖަނަލް ހޮސްޕިޓަލުގައިވެސް އަދި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ފަރުވާ ދެއްވާނެ ކަަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.
އެ ކޭމްޕް ކުރިއަށް ގެންދިއުމަށް ރާއްޖެއާއި ޗައިނާގެ ސިއްހީ އިދާރާތަކުގެ މެދުގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި މިއަދު ވަނީ ސޮއި ކޮށްފައިވަ އެވެ. ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ވެން ހިޝެން އެވެ.
ކޭމްޕް ކުރިއަށް ގެންދިއުމަށް ޗައިނާ ސަރުކާރުން ގެންނަ އިކުއިޕްމެޓް ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.
މީގެ ކުރިން 2015 ވަނަ އަހަރުވެސް ޗައިނާ ސަރުކާރުން ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި އައި ކޭމްޕެއް ބާއްވާފަ އެވެ.