10 Sep 2017, 17:19
ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާގެ ފަަލަމަސްގަނޑަށް އަނިޔާވެ، ހަ ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިދާނޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބެންޒެމާއަށް އަނިޔާވީ، ލަ ލީގާގައި ހޮނިހިރު ދުވަހު، ލެވެންޓޭ އާ ދެކޮޅަށް ރެއާލް ކުޅެ 1-1 ލަނޑުން އެއްވަރުވި މެޗުގައެވެ. އެ މެޗުގެ 24 ވަނަ މިނިޓްގައި އޭނާ ވަނީ އަނިޔާއާ ގުޅިގެން ބަދަލުކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ބެންޒެމާއަށް ލިބުނު އަނިޔާއާ ގުޅިގެން މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ. އަދި އެ އަނިޔާގެ ސަބަބުން، ޗެމްޕިއަންސް ލީގުގައި ރެއާލުން ކުޅޭ ފުރަތަމަ މެޗުގައި ވެސް އޭނާއަށް ނުކުޅެވޭނެއެވެ. ޗެމްޕިއަންސް ލީގުގައި ރެއާލް ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ އަޕޮއެލް ނިކޯސިއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ 11:45ގައި ރެއާލްގެ ސަންތިއާގޯ ބެރްނަބެއުގައެވެ.
"ސެނިޓަސް ލަ މޮރަލެޔާ ޔުނިވަރސިޓީ ހޮސްޕިޓަލްގައި ހެދި ކަރިމް ބެންޒެމާގެ ޓެސްޓްތަކުން އެނގޭ ގޮތުގައި އޭނާގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައި،" ރެއާލްގެ ބަޔާނެއްގައި ބުނެފައިވެ އެވެ.