10 Sep 2017, 16:30
މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 5.5 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އާާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް 770،715 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މި އަދަދަކީ 2016 ވަނަ އަހަރުގެ މި މުއްދަތުގައި މީހުން ޒިޔާރަތް ކޮށްފައިވާ 730،353 ފަތުރުވެރިންނާ އަޅާ ބަލާއިރު 5.5 ޕަސެްންޓް އިތުރު އަދަދެކެވެ.
އެ މިނިސްޓްރީގެ ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 47 ޕަސެންޓް ހިއްސާކުރަނީ ޔޫރަޕްގެ ފަތުރުވެރިންނެވެ. އަދި ފަތުރުވެރިންގެ 44 ޕަސެންޓް ފަތުރުވެރިންނަކީ އޭޝިޔާ ޕެސެފިކް ގައުމުތަކުގެ ފަތުރުވެރިންނެވެ.
ވަކި މާކެޓްތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރި 10 ގައުމަކީ ޗައިނާ އާއި ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތުގެ އިތުރުން އިޓަލީ އާއި އިިންޑިއާ އަދި ރަޝިޔާގެ އިތުރުން ފްރާންސާއި އެމެރިކާ އަދި ޖަޕާނުގެ އިތުރުން ސުވިޒަލޭންޑް ފަދަ ގައުމުތައް ހިމެނެ އެވެ.