26 Jul 2011, 16:35
ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ލެގުގައި ރާއްޖެއާ އީރާން ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗްގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
އެފްއޭއެމް އިން ޓިކެޓް ވިއްކަނީ ތިން އަގެއްގަ އެވެ. އެއީ ގޮނޑިބަރީން 30ރ. އާއި 35ރ. އަށެވެ. އަދި ސިޑިބަރީގެ ޓިކެޓު ވިއްކަނީ 10ރ. އަށެވެ.
ގަލޮޅު ދަނޑުގެ ޓިކެޓު ކައުންޓަރުތަކުން މިއަދާއި މާދަމާ ޓިކެޓު ވިއްކާނީ ހެނދުނު 9:00 އިން 12:00 އަދި 14:00 އިން 18:00 އަށެވެ.
މީގެ އިތުރުން ރޭގަނޑު 20:00 އިން 22:00 އަށް ވެސް ޓިކެޓް ވިއްކާނެ ކަމަށް އެފްއޭއެމް އިން ބުންޏެވެ.
މިމުބާރާތުގެ ފުރަތަމަ ލެގުގައި އީރާން އަތުން ރާއްޖެ 4-0 ލަނޑުން ބަލިވިއިރު، ދުނިޔޭގެ ރޭންކިންގައި އީރާނާ ރާއްޖެއާ ދެ މެދު 101 ޕޮއިންޓުގެ ފަރަގު އެބައޮތެވެ. އެގޮތުން އިރާން ދުނިޔޭގެ ރޭންކިންގައި 50 ވަނާގައި އުޅޭ އިރު ރާއްޖެ އޮތީ 151 ވަނާގައެވެ.