10 Sep 2017, 15:00
ސެނަހިޔާ ހޮސްޕިޓަލުންދޭ ޚިދުމަތްތަކަށް، އާސަންދައިގެ އިތުރުން އިތުރު ފީއެއް ނެގުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ އިތުރު ފީއެއް ނަގަން ހަމަޖެއްސީ، ސެނެހިޔާއިން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ ގޮތުންނާއި، ރާއްޖެއާ ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ފެންވަރު މަތީ ޑަކްޓަރުން ސެނެހިޔާގައި ފަރުވާ ދިނުމަށް ގެނައުމުގެ ގޮތުން ކަމަށެވެ.
ސެނަހިޔާ އަކީ މޯލްޑިވްސް ޑިފެންސް ފޯސް އިން ހިންގަމުން ގެންދާ މިލިޓަރީ ހޮސްޕިޓަލެކެވެ.