ކާމިޔާބު އެކްޓަރު ރިތިކް ރޯޝަންގެ ދައްތަ، ސުނައިނާ ރޯޝަންގެ ބަރުދަން ލުއިކޮށް ހަށިގަނޑަށް ގެނައި ހެޔޮ ބަދަލުގެ ސަބަބުން ރިތިކް އަށް ވެސް ބޮޑު ހައިރާން ކަމެއް ލިބިއްޖެ އެވެ.

ސުނައިނާ އަކީ ކުރިން ވަރަށް ފަލަކޮށް ހުރި މީހެކެވެ. ނަމަވެސް ރިތިކްގެ ފަރާތުން ހިތްވަރު ހޯދައިގެން ސުނައިނާ ވަނީ ބަރުދަން ލުއިކުރުމުގެ މަސައްކަތް ފަށައިފައެވެ.

އަދި ބައްޕަ ރާކޭޝް ރޯޝަންގެ އުފަންދުވަހުގެ ޕާޓީގައި އޭނާ މިވަނީ އެންމެން ހައިރާކޮށްލައިފައެވެ. ޕާޓީއަށް ސުނައިނާ ދިޔައިރު އޭނާ ފެނިގެން ދިޔައީ މުޅިން ތަފާތު ކޮށެވެ.

ސުނައިނާގެ ބަދަލު ފެނި އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ކޮއްކޮ ރިތިކް އަށެވެ. ރިތިކް ވަނީ ސުނައިނާގެ އެހާރާއި މިހާރުގެ ފޮޓޯ ކޮލާޖެއް ހެދުމަށް ފަހު ޓުވީޓެއް ކޮށްފައެވެ. އަދި ސުނައިނާ އާމެދު ފަހުރުވެރިވާ ކަމަށާއި އެއްވެސް ކަމަކީ ނުވާނެކަމެއް ނޫންކަން ސުނައިނާ ސާބިތުކޮށްދީފި ކަމަށް ވަނީ ބުނެފައެވެ.

ރިތިކްގެ އިތުރުން ވެސް ގިނަ ބަޔަކު އަންނަނީ ސުނައިނާއަށް މަރުހަބާ ކިޔަމުންނެވެ.