ފުރަތަމަ ފަހަރަށް ހޮވާ ޔުއޭފާ މޮޅު ކުޅުންތެރިއާގެ މަގާމަށް ވާދަކުރާ 10 ކުޅުންތެރެއިން އެންމެ ކުރީގައި އުޅޭ ތިން ކުޅުންތެރިންގެ ލިސްޓަށް ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ އަދި އެންމެ ފަހުގެ ވޯޑްކަޕްގެ ޗެމްޕިއަން ސްޕައިންގެ ޒަވީ ހެނާންޑޭޒް ހިމެނިއްޖެ އެވެ.

އަންނަ މަހުގެ 25 ވަނަ ދުވަހު އޮންނަ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ނަގާ ވޯޓަށް ފަހު މޮޅުކުޅުންތެރިޔާގެ ނަން އިއުލާން ކުރުމަށް ހަމަޖެހިފައި ވާއިރު، ލީސްޓުގެ އެންމެ ގަދަ ތިން ވަނާގައި އުޅޭ މިކުޅުންތެރިން ކަނޑައެޅީ ޔުއޭފާގެ މެމްބަރު އެސޯސިއޭޝަންތަކުން ހޮވާލެވުނު 53 ނޫސްވެރިންގެ ވޯޓުން ނެވެ.

އެންމެ ކުރިގައި ތިބި ތިން ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނޭއިރު، އޭނާއަކީ މިދިޔަ އަހަރު ފީފާ އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމް ލިބުނު ކުޅުންތެރިޔާއެވެ. އަދި ރިއާލްމެޑްރިޑުގެ ރޮނާލްޑޯއަކީ ނިމިގެން ދިޔަ ސްޕެއިން ލީގުގައި ރަންބޫޓް ހޯދި ކުޅުންތެރިޔާ އެވެ.

މެސީއާއި ރޮނާލްޑޯ އަދި ޒަވީގެ އިތުރުން ދެން ލިސްޓުގައި ހިމެނޭ އަނެއް ހަތް ކުޅުން ތެރިންނަކީ، ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު އަންދްރޭ އިނިއެސްޓާއާ، ޕޯޓޯގެ ކޮލަމްބިއާ ފޯވަޑް ރަޑަމެލް ފަލްކާއޯ އާއި ބާސެލޯނާގެ ޖެރާޑް ޕީކޭ އާއި ގޯލްކީޕަރު މެނުއެލް ނޯޔާ އާއި މެންޔޫގެ ފޯވާޑް ވޭން ރޫނީއާއި އޭސީ މިލާންގެ އިބްރަހިމޮވިޗް އަދި މެންޔޫގެ ނިމެންޖާ ވިޑިކް އެވެ.