10 Sep 2017, 11:55
މޯލްޑިވްސް ޕޮލިސް ސާވިސްގެ ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ފުލުހުންގެ ވަޒިފާއިން ވަކިކޮށްފިއެވެ.
ރިޔާޒް ވަޒީފާ އިން ވަކިކުރިކަން "ސަން" އަށް ވަނީ ކަށަވަރުވެފައެވެ. ރިޔާޒް ވަޒީފާ އިން ވަކިކުރީ އޭނައާ ގުޅޭ ޑިސިޕްރިނަރީ މައްސަލައެއް ބެލުމަށްފަހުއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އަދި ނޭނގެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން ބަލަމުންދާ އެފަދަ މައްސަލަތަކަކީ މީޑިއާ އަށް ހިއްސާކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
ފުލުހުންގެ ވަޒީފާއިން ވަކުކުރި އިރު އޭނާ ހުރީ ޗުއްޓީގައެވެ.
ރިޔާޒް ފުލުހުންގެ ވަޒީފާއިން ވަކިކުރި އިރު އޭނާ ވަނީ ކްރައިމް އިންވެސްޓިގޭޝަންކޮމާންޑުން ކޮމިޝަނަރ ބިއުރޯއަށް ދާދި ފަހުން ބަދަލުކޮށްފައެވެ.
ފުލުހުންގެ އިސް ސަފުގައި ހަރަކާތަތެރިވާ ބައެއް އޮފިސަރުންގެ މައްސަލަ ތަކެއް ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ ބަލަމުންނެވެ.