10 Sep 2017, 10:42
ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ތ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑު އަތޮޅަށް ވިލާގަނޑުގައި 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ގަދަ ވަޔާ ގުގުރުމާ އެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ވެސް މެޓް އޮފީހުން ވަނީ ލަފާދީފައެވެ.
މި ދުވަސް ވަރަކީ ރާއްޖޭގެ ގިނަ ހިސާބުތަކަށް ވިއްސާރަ ދުވަސްވަރަކަށްވާއިރު މެޓް އޮފީހުން ބުނަނީ އެއީ ރާއްޖެ މަތީގައި އުފެދުފައިވާ ވިއްސާރަ ވިލާގަނޑެއްގެ އަސަރުކަމަށެވެ.