ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރަށް ފިރިހެން ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރުގެ އަލަތު ދަރިފުޅު ތައިމޫރު އަލީ ޚާން ވަނީ އެންމެންގެ ހިތްތައް ފަތަހަ ކޮށްފައެވެ. ދާދި ފަހުން ކަރީނާ ވަނީ ސޯޝަލް މީޑިޔާގައި ތައިމޫރުގެ ފޮޓޯ ތަކެއް އާންމުކޮށްފައެވެ.

ސައިފް އަލީ ޚާނާއި ކަރީނާގެ މި ދަރިފުޅަށް މިހާރުވެސް މަޝްހޫރު ކަމެއް ލިބިފައިވާ ކަމަށް މީހުން ދެކެ އެވެ. ކުޑަކުޑަ ލޯބި ތައިމޫރަށް ވެސް މިހާރު ވަނީ އޭނާގެ މައިންބަފައިންނަށް ލިބުނު ފަދަ މަޝްހޫރުކަމެއް ލިބިފައެވެ. އެ ދަރިފުޅު އުފަންވީއްސުރެން ފެށިގެން މީޑިޔާގެ ފަލަ ސުރުހީ ތަކަށް "ތައިމޫރު" ވެގެން ގޮސްފައިވަނީ މި ސަބަބާ ހުރެއެވެ. ތައިމޫރު ގޮވައިގެން ބޭރަށް ނުކުންނަ އިރަށް މީހުންގެ ލޯތައް ތައިމޫރަށް އަމާޒުވަނީ ވެސް މި ސަބަބާ ހުރެއެވެ.

ކަރީނާ ދެކޭ ގޮތުގައި ތައިމޫރު ވައްތަރީ ކާފަ ރަންދީރު ކަޕޫރާ ކަމަށްވެސް އޭނާ ބުންޏެވެ. ރަންދީރު ކަޕޫރަކީ ވެސް ކުރިން ބޮލީވުޑްގައި ރަސްކަން ކުރި ކުޅަދާނަ ބަަތަލެކެވެ.