10 Sep 2017, 09:21
އައިޝްވަރިޔާ ރާއީ އަލަށް ކުޅެން ފަށާ ފިލްމު "ފެނީ ޚާން" ގައި އޭނާއާ އެކު ދެން ހަރަކާތްތެރިވާނެ އަނެއް ތަރި އަކީ ރާޖް ކުމާރު ރޯއީ އެވެ.
މިއީ ރާޖްކުމާރު އައިޝްވާރިޔާ އާ އެއްކޮށް މަސައްކަތް ކުރާ ފުރަތަމަ ފަހަރުވެސްމެއެވެ. ފިލުމުގައި އައިޝްވާރިޔާގެ ލޯބިވެރިއެއްގެ ބައި ކުޅޭ ރާޖް ކުމާރު ބުނީ މިއީ ހީވެސް ނުކުރާހާ އުފާވެރި ހަބަރެއްކަމަށެވެ.
"އަސްލު ވަރަށް އުފާވޭ. އައިޝްވާރިޔާ އާ އެކީ މަސައްކަތްކޮށްލަން އަބަދުވެސް ބޭނުންވޭ. މިއޮތީ އެ ފުރުސަތު ލިބިފަ. މިހާރު ވެސް ހަމަ ކެތްމަދުވެފަ މިހުރީ އޭނާ އާ އެކީ މަސައްކަތްކުރަން. ސުބާޝް ޗަންދުރަ ބޯސްގެ ހަޔާތާ ގުޅޭ ފިލްމުގެ މަސައްކަތް ނިމުމާއެކީ މި މަސައްކަތް ފަށާނަން،" އޭނާ ބުންޏެވެ.
ފިލުމުގައި މި ދެތަރިންގެ އިތުރުން ނީލް ކަޕޫރާއި ދިވްޔާ ވެސް މުހިއްމު ރޯލެއް ކުޅޭނެއެވެ. އޯމްޕްރަކާޝް މެހެރާ ޕްރޮޑަކްޝަނުން އުފަައްދާ މި ފިލްމަކީ 2000 ގައި އުފެއްދި "އެވްރިބޮޑީޒް ފޭމަސް"ގެ ރިމޭކް އެކެވެ.