09 Sep 2017, 23:13
އަންނަ މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ސިލްވާ ޕާޓްނަރަކަށް ނޭޕާލްގެ ފުރަތަމަ ކާޕެޓް ޑިޒައިނިން ބްރޭންޑް "އެވަރެސްޓް ކާޕެޓް މެނުފަކްޗަރާ" ހަމަޖައްސައިފިއެވެ.
އެވަރެސްޓް ކާޕެޓް މެނުފަކްޗަރާ އަކީ ޔޫރަޕް އަދި އެމެރިކާގައި ވެސް މަގްބޫލުކަން ހޯދަމުންއަންނަ ކޮލިޓީ ބްރޭންޑްގެ ރަގް އުފައްދާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ހޮސްޕިޓާލިޓީގެ ދާއިރާގައި ވެސް ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.
އެވަރެސްޓް ކާޕެޓް މެނުފަކްޗަރާގެ އިތުރުން ސަޓާގެ ސިލްވާ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މާލޭ އޭރިއޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އޭޝިއާ ފޯވާޑިން ޕްރައިވެޓް ލިމިޓެޑެވެ.
ސަޓާގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ އުރީދޫއެވެ. ކޯ ސްޕޮންސަރުންނަކީ ދަ ހޯކްސް އާއި އޭޝިއާ ފޯވާޑިންއެވެ.
ސަޓާގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވެސް ސަން އޮންލައިނެވެ. އަދި ޓްރެވަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ޓްރެވަލް ވޯލްޑް އޮންލައިނެވެ.