ބްލަކް އިން އިންތިޒާމްކޮށްގެން، ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބާއްވަމުން އަންނަ މޯލްޑިވްސް މެރިން އެކްސްޕޯ މިއަދު ފަށައިފި އެވެ.

ސައުވީސް ކުންފުންޏަކާއެކު މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ކުރިއަށް ގެންދާ އެކްސްޕޯ ހުޅުވައިދެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2017 މިއަދު ފަށައިފި--

އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިފަހަރުގެ މި އެކްސްޕޯއަކީ ހަމައެކަނި ކުންފުނިތަކުގެ ޕްރޮޑަކްޓްސްތައް ދައްކާލުމަށް ހުޅުވިގެންދާ ފެއާއެއް ނޫންކަމަށާއި މި ފެއާގައި ރާއްޖޭގެ މެރިން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި މައްސަލަތަކުގެ ހައްލު ހޯދުމަށް މަޝްވަރާކުރެވޭ ސެމިނާއެއްވެސް ކުރިޔަށް ދާނެކަމަށެވެ.

"އަޅުގަނޑުގެ ދާއިރާގެ ތެރެއިން ސަރުކާރުގެ މެންޑޭޓް ތެރޭގައި ހިމެނޭ އެތަށް ކަމަކާ ބެހޭގޮތުން މި ފެއާގައި ވާހަކަދައްކައި މަޝްވަރާ ކުރެވިގެންދާނެ. އޭގެތެރޭގައި ރިނިއުބަލް އެނާޖީ، ކޮރަލް ރީހެބިލިޓޭޝަން، ރީސައިކަލް އޮފް ވޭސްޓް މެނޭޖްމަންޓް އަދި އެންޑޭންޖާޑް ސްޕީޝީޒް އާއި ބެހޭ މަޝްވަރާތަށްވެސް ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2017 މިއަދު ފަށައިފި--

ވޭތުވެދިޔަ ހަތަރު އަހަރުވެސް މި ފެއާ އިންތިޒާމް ކުރަމުންއަން ބްލަކް އިން ބުނީ، މިފަހަރުގެ މި ފެއާއަކީ އެހެން އަހަރުތަކާ ތަފާތު ފެއާއެއް ކަމަށެވެ. މިފަހަރުގެ މި ފެއާގައި ގަޑިއަކު އެއް ފަހަރު ނަގާ ލަކީޑްރޯ އާއި ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުންގެ މަޝްވަރާތަކާއި މައުލުމާތު ދިނުން ހިމެނެއެވެ. މީގެ އިތުރުން ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން ކުރެހުމުގެ މުބާރާތެއް ބާއްވާނެ ކަމަސްވެސް ބްލަކް އިން ބުންޏެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2017 މިއަދު ފަށައިފި--

"މެޕިން އަ ސަސްޓެއިންބަލް ފިއުޗާ" ޝިއާރުގެ ދަށުން މިއަހަރު ބާއްވާ މެރިން އެކްސްޕޯއަކީ ރާއްޖޭގައި މި ފެއާ ބާއްވާ ހަތަރުވަނަ އަހަރެވެ. އަދި މި ފެއާއަކީ މިހިސާބުގެ މެރިން ދާއިރާއަށް ބޭއްވިގެން އަންނަ އެންމެ ބޮޑު އެއްފެއާކަންވެސް ފާހަގަ ކޮށްލެވެއެވެ.