09 Sep 2017, 16:33
އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޯޓްރޯ ބަލިކޮށް ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލަށް ސްޕެއިންގެ ރަފޭލް ނަޑާލް ދަތުރުކޮށްފިއެވެ.
ނަޑާލް މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ 1-3 ސެޓުން ޑެލްޕޯޓްރޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 4-6 އިން ކާމިޔާބުކުރީ ޑެލްޕޮޓްރޯއެވެ. ނަމަވެސް 0-6، 3-6 އަދި 2-6 އިން ބާކީ ސެޓުތައް ކާމިޔާބު ކޮށް ނަޑާލް ވަނީ މުބަރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
މުބާރާތުގެ ފައިނަލް ގައި ނަޑާލް ވާދަކުރަން ޖެހޭނީ ދެކުނު އެފްރިކާގެ ކެވިން އެންޑަސަންއާއެވެ. އެންޑަސަން ފައިނަލަށް ދަތުރުކުރީ ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާއާ ބައްދަލުކުރި މެޗު 1-3 ސެޓުން ކާމިޔާބުކޮށްގެންނެވެ. މިއީ އެންޑަސަން ގްރޭންޑް ސްލޭމް ފައިނަލެއް ކުޅޭ ފުރަތަމަ ފަހަރެވެ.
ނަޑާލް ވަނީ މި މުބާރާތް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. މި މުބާރާތް ނަޑާލްއަށް އެންމެފަހުން ކާމިޔާބުކުރެވުނީ 2013 ވަނަ އަހަރުއެވެ.
ނަޑާލް އާއި އެންޑަސަން ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މާދަމާއެވެ.