ދެން މަޑުކުރާކަށް ނުޖެހޭނެ މިހާރު އެސްޓަރސް އިން އޯކްސް ބްރޭންޑް ގެ އޭސީ ލިބެން ހުންނާނެއެވެ.

ރާއްޖޭގެ މާހައުލާއި ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ އޮކްސް ބްރޭންޑްގެ ހައި ކޮލެޓީ ހެވީ ޑުޓީ އިންވާޓާ އޭސީ އެސްޓާސް މިހާރު ވަގުތުން ބައްލަވައި ގަނެވޭނެއެވެ.

އޯކްސް ބްރޭންޑް ގެ އޭސީ ރާއްޖެއަށް ތަޢާރަފް ކުރުމުގެ ގޮތުން ހާއްސަ އަގެއްގައި އައުކްސް ބްރޭންޑް އޭސީ ވިއްކުމަށް އެސްޓާސް އިން ނިންމާފައިވާއިރު، މި އޭސީއަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ އެ ފިހާރައިން ދެއެވެ. އަދި ފަސް އަހަރުގެ ކޮމްޕްރެސާ ވޮރެންޓީ ވެސް ދެއެވެ.

އެސްޓާސްއިން އޮކްސް ބްރޭންޑް އޭސީ ވިއްކާ އަގުތަކަށް ބަލާއިރު 9000 ބީޓީޔޫގެ އޭސީއެއް ވިއްކަމުން ދާނީ 5696 ރުފިޔާއަށެވެ. އަދި 12000 ބީޓީޔޫގެ އޭސީއެއް 6995 ރުފިޔާއަށް ވިއްކަމުން އަންނައިރު، 18000 ބީޓީޔޫގެ އޭސީއެއް ވިއްކަމުން ދަނީ 9495 ރުފިޔާއަށެވެ. އަދި 24000 ބީޓީޔޫގެ އޭސީއެއް ވިއްކަމުން ދަނީ 11995 ރުފިޔާއަށެވެ.

އޮކްސް ބްރޭންޑަކީ 1986 ވަނަ އަހަރު ދުނިޔެއަށް އުފަންވި ކުންފުންޏެކެވެ. އެ ކުންފުނީގެ އެކި ގޮފިތަށް މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހުންނައިރު، އެ ކުންފުންޏަކީ އިލެކްޓްރޯނިކް ސާމާނުތަކާއި، މެޑިކަލް ސާވިސް އާއި، ގެއަށް ބޭނުންވާ ސާމާނުތައް އުފައްދަމުން އަންނަ ކުންފުންޏެކެވެ. އައުކްސް ގުރޫޕްއަކީ މިވަގުތު ޗައިނާގެ އެސީ އުފައްދާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުންޏެވެ. އަދި އޮކްސް ބްރޭންޑްގެ އޭސީއަކީ ޗައިނާގެ އިންޑަސްޓްރީތަކުގެ މަގުބޫލުކަމެއް ހޯދާފައިވާ އޭސީއެކެވެ.

އައުކްސް ގުރޫޕަކީ މިވަގުތު ޗައިނާގެ އެސީ އުފައްދާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުނި