ހަމުގެ ކުލަ ދޮން ކުރުމަށް ބޭނުންކުރާ ކްރީމް އިޝްތިހާރު ކުރެވުނު މޮޔަ ހީވާ ކަމަށް ބޮލީވުޑް އެކްޓްރެސް ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.

ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމަށް ފުރުމުގެ ކުރިން މީޑިއާ އަށް މައުލޫމާތު ދެމުން ޕްރިޔަންކާ ވަނީ ދޮން ވާ ކްރީމް އިޝްތިހާރު ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.

ޕްރިޔަންކާ ބުނީ އޭނާ އެންޑޯސް ކުރި ބްރޭންޑްގެ އިޝްތިހާރު ޓީވީން ފެނުމުން އަމިއްލަ ނަފްސު ދެކެ ލަދުގަތް ކަމަށެވެ. އަދި އިޝްތިހާރު ފެނުމުން ކުޑައިރު އެފަދަ އިޝްތިހާރުތައް ފެނުމުން ކުރެވޭ ކަހަލަ އިހުސާސެއް ކުރެވުނު ކަމަށް ވެސް އޭނާ ބުންޏެވެ.

އެއާއެކު ޕްރިޔަންކާ ވަނީ ކޮންޓްރެކްޓު ދޫކޮށްލައިފަ އެވެ. އަދި އޭގެ ފަހުން ދުވަހަކު ވެސް އޭނާ ދޮން ވާ ކްރީމް އިޝްތިހާރު ކޮށްފައެއް ނުވެ އެވެ.