26 Jul 2011, 16:21
މެލޭޝިޔާގައި ދިވެހި ދެމަފިރިއެއް ރޭ އެކްސިޑެންޓެއްވެ، އެދަމަފިރިންގެ ބޯފަޅައިގެން ގޮސްފި އެވެ.
މެލޭޝިޔާ ގަޑިން ރޭ 10:00 ޖަހާއެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި ކާރުގައި އިން އެދެމަފިރިންގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް، އެދެމަފިރިންގެ ބޯފަޅައިގެން ގޮސް، ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. ކާރުގައި އިތުރު މީހަކު ނެތެވެ.
މެލޭޝިޔާގައި ހުރެ ފޯނުން ސަން އަށް މައުލޫމާތު ދެމުން އެކްސިޑެންޓުވި ފިރިހެންމީހާ ބުނީ، އެކްސިޑެންޓުވީ މެލޭޝިޔާގެ ޕިނާންގް އިން ވެރިރަށް ކުއާލާ ލަމްޕޫރަށް ދަނިކޮށް، ހަތަރު އަނގޮޅިއެއްގެ ކަންމައްޗަކުން ބާރަށް ދުއްވައިފައި ނުކުތް ކާރެއްގައި ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި އަންހެނުންނާއި އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ހޮސްޕިޓަލުން ވަނީ ރޭ ފަރުވާ ދިނުމަށްފަހު އެދަމިފިރިން ދޫކޮށްލައިފަ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ފިރިހެން މީހާގެ ދަރިފުޅު ހުންގަދަވެގެން، ޑޮކްޓަރަށް ދައްކަން ދިއުމުގެ މަގުމަތީގައި އުޅޭތީ، އިތުރު ތަފްސީލު ލިބޭ ގޮތެއް ނުވި އެވެ.