ސ. ހުޅުދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ތައްޔާރު ކޮށްފައި ހުރި 53 ޕެކެޓާއިއެކު ފުލުހުން ޒުވާނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އާންމު ފަރާތުން ލިބުނު ރިޕޯޓާކާ ގުޅިގެން ފުލުހުން ހައްޔަރު ކުރީ 19 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ އޭނާ ދިރިއުޅެމުން ދިޔަ ކޮޓަރި ތެރެ ޗެކްކޮށް ބެލި ބެލުމުން ކަމަށެވެ.
އޭނާ އަކީ މީގެ ކުރިން މަސްތުވާތަކެތީގެ ރެކޯޑް އޮތް މީހެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭންގެ އެވެ.