އައްޑު އަތޮޅު ހުޅުދޫގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން 25 އަހަރުގެ މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ކުއްޖާއަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރަމުންދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ކުރީ އާއިލާގެ ފަރާތުން ކަމަށާއި އަދި ތުހުމަތު ކުރާ މީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށާއި އަދި އެކަން އާއިލާއަށް އެނގުމުން ރިޕޯޓު ކުރީ ރޭގައި ކަމަށެވެ.