07 Sep 2017, 11:26
އެކްޓުކުރުމަކީ މާޒީކަމަށާއި ނަމަވެސް ރަގަޅު ފިލުމެއްގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިއްޖެއްނަމަ އެ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާނެކަމަށް އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ޕާލަމެންޓް މެންބަރު އަދި މަޝްހޫރު ފިލްމީ ތަރި ހެމާ މާލިނީ ބުނެފިއެވެ.
ހެމާ ބުނީ އޭނާގެ ހަޔާތުގެ ފިލްމީ ދައުރު މިހާރު ނިމުމަކަށް އައިސްފައި ވީނަމަވެސް ރަގަޅު ފިލުމަކުން ފުރުސަތު ލިބިއްޖެނަމަ އެ ފިލުމުގައި ހަރަކާތްތެރިވާނެކަމަށެވެ.
"ޕާލަމެންޓް މެންބަރުން ވެސް އަދިވެސް އަހާ ފިލުމު ދެން ނުކުޅޭނަންހޭ. އެމީހުން ގާތުވެސް ބުނަން ކުޅެން ޝައުގުވެރިވާ ކަހަލަ ރޯލެއް ލިބިއްޖެނަމަ ކުޅޭނަމޭ،" ހެމާ ބުންޏެވެ.
'ބާޣްބާން' ގައި ކުޅުނު ކަހަލަ ރޯލެއް ލިބިއްޖެ ނަމަ ފުރުސަތުގެ ބޭނުން ހިފާނެކަމަށް ވެސް ހެމާ ބުންނެވެ.
އިންޑިއާގެ "ޑްރީމް ގާލް"ގެ ނަމުން މަޝްހޫރު، މިހާރު އުމުރުން 86 އަހަރުގެ ހެމާ ބުނީ މިހާރު ބޭނުންވަނީ އާއިލާ އާއެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރަން ކަމަށެވެ.
ހެމާ އަކީ މިހާރު ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރެއްވެސް މެއެވެ.