26 Jul 2011, 15:27
ސ. ހިތަދު އަށް ގޮސް އުޅުނު ތ. އަތޮޅު ޒުވާނަކު މޫދަށް އެރިގެން އަމިއްލަ އަށް މަރުވާން އުޅެނިކޮށް މިއަދު ބަޔަކު ސަލާމަތްކޮށްފި އެވެ.
އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ ހިތަދު އަށް ޗުއްޓީ އަށް ގޮސް އުޅުނު ތ. ގުރައިދޫ އުމުރުން 21 އަހަރުގެ ޒުވާނަކު މޫދަށް އެރިގެން އަމިއްލަ އަށް މަރުވާން އުޅެނިކޮށް ސަލާމަތް ކޮށް، ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ނަމަވެސް އޭނާ ސަލާމަތް ކުރީ ކޮން ބައެއް ކަމެއް އަދި މަރުވުމަށް މަސައްކަތް ކުރީ ކީއްވެގެން ކަމަށާއި އޭނާ މަރުވުމަށް މަސައްކަތް ކުރީ ކޮން ރަށެއްގައި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.