06 Sep 2017, 14:14
ސްރީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް މުހައްމަދު ހުސެއިން ޝަރީފު(މުންދު) އައްޔަނުކުރައްވައި ފަތްކޮޅު ހަވާލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މުންދުއަށް ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއެވެ.
ރާއްޖެ އިން ލަންކާއަށް ކަނޑައަޅާ ސަފީރު ކަމަށް މުންދުގެ ނަން މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ މަހު 23ގަ އެވެ. އެ ވޯޓުގައި އިދިކޮޅު މެންބަރަކު ބައިވެރިއެއް ނުވެ އެވެ.
ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި މުންދު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ސްޕޯޓްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ މުންދު އެންމެ ފަހުން ހުންނެވީ ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގަ އެވެ.